އަހަރެން ލެނިނިޒަމަށް ގެންދިއަ މަގު

Con đường dẫn tôi đến chủ nghĩa Lênin - The Path Which Led Me to Leninism

ހޯ ޗީ މިން

Ho Chi Minh

ފުރަތަމަ ޝާއިޢުކުރުން: 1960
ދިވެހި ތަރުޖަމާ: 2022
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އަހަރެން ދިރިއުޅުނީ ޕެރިހުގައެވެ. އެއްފަހަރު ފޮޓޯ ފިހާރައެއްގެ އެޑިޓަރެއްގެ ގޮތުގައެވެ. އަނެއް ފަހަރު "ސީނީ އާސާރީ ތަކެތީގެ" (ފަރަންސޭސްވިލާތުގައި ހެދި!) ކުލަ ޖައްސާ މީހެއްގެ ގޮތުގައެވެ. ވިއެޓްނާމްގައި ފަރަންސޭސް މުސްތަޢްމިރުން ހިންގި ޖަރީމާތައް ކުށްވެރިކުރާ ފަތްކޮޅުތައް އަހަރެން ބެހިއެވެ.

އޭރު، އަހަރެން އޮކްޓޯބަރު އިންޤިލާބަށް ތާޢީދު ކުރީ ޣަރީޒީ ގޮތަކަށެވެ. އޭތީގެ ފުރިހަމަ ތާރީޚީ މުހިންމުކަން އެއިރު އަހަރެންނަށް ދޭހެ ނުވާ ގޮތުގައެވެ. ލެނިންއަށް އަހަރެން ލޯބިކޮށް ތަޢުރީފް ކުރީ އޭނާގެ ޤައުމުގެ ރައްޔިތުން ތަޙްރީރުކުރި ބޮޑު ވަޠަނީއެއް ކަމުގައި ވީމައެވެ؛ އެހިސާބަށް، އޭނާގެ އެއްވެސް ފޮތެއް އަހަރެން ކިޔާފައެއް ނެތެވެ.

ފަރަންސޭސް އިޝްތިރާކީ ޕާޓީއަށް އަހަރެން ވަން ސަބަބަކީ، މި "ބޭފުޅުންނާ ބޭކަނބަލުން" - އެހިނދު އަހަރެންގެ އެކުވެރިންނަށް ގޮވާލި ފަދައިން - އެމީހުންގެ ފަރާތުން އަހަރެންނަށާއި، މަޒްލޫމީ މީސްމީހުންގެ ނިޟާލަށް ހަމްދަރުދިނުން ދެއްކުމުނެނެވެ. ނަމަވެސް ޕާޓީއަކީ، ނުވަތަ ސިނާޢީ އިއްތިޙާދަކީ، ނުވަތަ އިޝްތިރާކިއްޔަތާ ޝިޔޫޢިއްޔަތަކީ ކޮން ކަމެއްކަން އަހަރެންނަށް ފަހުމު ނުވިއެވެ.

އިޝްތިރާކީ ޕާޓީގެ ގޮފިތަކުގައި ހޫނު މަޝްވަރާތަކެއް އެއިރު ހިނގަމުން ދިއައެވެ. އެއީ އިޝްތިރާކީ ޕާޓީ ދެވަނަ ޢުމަމިއްޔާތުގައި ދެމިހުންނަން ޖެހޭނެތޯ ކަމުގެ ސުވާލާ މެދެވެ. ދެވަނަ ބައި ޢުމަމިއްޔާތެއް އިފްތިތާޙު ކުރަންޖެހޭނެ ހެއްޔެވެ؟ ނުވަތަ އިޝްތިރާކީ ޕާޓީ ލެނިންގެ ތިންވަނަ ޢުމަމިއްޔާތާ ގުޅެންވީ ހެއްޔެވެ؟ އަހަރެން އެ ބައްދަލުވުންތައް ހަފްތާއަކު ދެފަހަރު ނުވަތަ ތިންފަހަރު ޤަވާއިދުން ޙާޒިރީވެ، މަޝްވަރާތަކަށް ކަނުލައި އަޑުއެހިއެވެ. އެންމެ ފުރަތަމަ، އަހަރެންނަށް ފުދޭ މިންވަރަކަށް ދޭހަ ނުވިއެވެ. އެ މަޝްވަރާތައް އެހާ ހޫނުވީ ކީއްވެ؟ ދެވަނަ، ނުވަތަ ދެވަނަ ބައި، ނުވަތަ ތިންވަނަ ޢުމަމިއްޔާތު އެކީގައިވެސް އިންޤިލާބު ހިންގެވޭނެ. ދެން ޒުވާބުކުރުމުގެ ބޭނުމަކީ ކޮބާ؟ އަދި ފުރަތަމަ ޢުމަމިއްޔާތަށް ބަލާއިރު، އެއަށް ވީ ކިހިނެއް؟

އަހަރެންނަށް އެނގެން ބޭނުންވި އެންމެ ބޮޑު ކަމަކީ - އަދި ބައްދަލުވުންތަކުގައި ސީދާ މަޝްވަރާ ނުކުރި މި ކަމަކީ - އެއީ؛ އިސްތިޢުމާރީ ޤައުމުތަކުގެ މީސްމީހުންތަކާ އެއްބައިވަނީ ކޮން ޢުމަމިއްޔާތެއް ހެއްޔެވެ؟

މި ސުވާލު - އަހަރެން ދެކޭ ގޮތުގައި އެންމެ މުހިންމު ސުވާލު - ބައްދަލުވުމެއްގެ ތެރޭގައި އުފުލިއެވެ. ބައެއް އެކުވެރިން ޖަވާބު ދިނެވެ: އެއީ ދެވަނައިގެ ބަދަލުގައި، ތިންވަނަ ޢުމަމިއްޔާތެވެ. އަދި އެއް އެކުވެރިއެއް "ލ'ހުމެނިތޭ" އިން ޝާއިޢުކުރި ލެނިންގެ "ޤައުމީ އަދި އިސްތިޢުމާރީ ސުވާލުތަކާ ބެހޭ ތީސީސް" އަހަރެންނަށް ކިޔަން ދިނެވެ.

އެ ތީސިސްގައި ފަހުމުވާން އުނދަގޫ ސިޔާސީ ލަފްޒުތައް ހިމެނުނެވެ. ނަމެވެސް ތަކުރާރުކޮށް އޭތި ކިޔުމުގެ ސަބަބުން، އެންމެ ފަހުން އަހަރެންނަށް އޭތީގެ މައިގަނޑު ނުކުތާ ފަހުމުވިއެވެ. ކިހާ ވަރެއްގެ ޝަޢުޤުވެރިކަމަކާ، ސާފު ފެނުމަކާ، ކެރުމެއް އަހަރެންނަށް އޭތިން ލިބުނެވެ! އަހަރެންގެ ކޮޓަރީގައި އެކަނި އިށީންދެގެން އިން ނަމަވެސް، ބޮޑެތި އެއްވުންތަކަކާ މުޚާޠަބު ކުރާހެން އަހަރެން ބާރަށް އަޑުގޮވާލިއެވެ: "ލޮބުވެތި ޝަހީދުންނާ ޤައުމީ ރައްޔިތުން! މިއީ އަހަރުމެންނަށް ބޭނުނަވާ އެތި، މިއީ އަހަރުމެންގެ ތަޙްރީރުވުމަށް އޮތް މަގު!"

އޭގެ ފަހުން ލެނިންއަށް، ތިންވަނަ ޢުމަމިއްޔާތަށް، އަހަރެންގެ ފުރިހަމަ އިތުބާރު އޮތެވެ.

ކުރިން، ޕާޓީ ގޮފީގެ ބައްދަލުވުންތަކުގައި، މަޝްވަރާތަކަށް އަހަރެން ހަމައެކަނި އަޑުއެހީއެވެ؛ ހުރިހާ އެންމެންނަކީ މަންޠިޤީ ބައެއްކަމުގެ ނުސާފު ހީކުރުމެއް އަހަރެންނަށް ޤަބޫލުވިއެވެ. އަދި ރަނގަޅު ނުބައި ފަރާތްތައް ވަކިކުރަން އަހަރެންނަށް ނޭންގުނެވެ. ނަމަވެސް އޭގެ ފަހުން، އަހަރެންވެސް ބަޙުސްތައް ތެރެއަށް ފުންމާލާފަ ޝަޢުޤުވެރިކަމާއެކު މަޝްވަރާކުރިއެވެ. އަހަރެންގެ ހުރިހާ ޚިޔާލެއް ފާޅުކުރަން ބޭނުންވާ ފަރަންސޭސް ލަފްޒުތައް އޭރުވެސް އަހަރެންނަށް މަދުވި ނަމަވެސް، ތިންވަނާ ޢުމަމިއްޔާތެގެ ދެކޮޅަށާ، ލެނިންގެ ދެކޮޅަށް އަމާޒުކުރި ހުރިހާ ތުހުމަތްތައް، އަހަރެންގެ މަސައްކަތުން ގަދަފަދަކަމާއެކު ފުނޑުކޮށްލިއެވެ. އަހަރެންގެ އެއްމެ ޙުއްޖަތަކީ: "ކަލޭ އިސްތިޢުމާރީކަން ކުށްވެރި ނުކުރާ ނަމަ، އިސްތިޢުމާރީ މީސްމީހުންގެ ފަރާތަށް އެއްބައި ނުވާނަމަ، ކަލޭމެން ހިންގަނީ ކޮންކަހަލަ އިންޤިލާބެއްތަ؟"

އަހަރެން ބައިވެރިވީ ހަމައެކަނި އަހަރެންގެ ޕާޓީ ގޮފީގެ ބައްދަލުވުން ތަކުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެހެނިހެން ޕާޓީ ގޮފިތަކަށްވެސް "އަހަރެންގެ މައުޤިފް" ސާފުކުރަން އަހަރެން ދިއައެވެ. މިހާރު އަހަރެން އަނެއް ފަހަރަށް ބުނަން ޖެއެވެ. މާސެލް ކަޝަން އާއި، ވެއިލަންތ ކުޓޫރިއެރ އާއި، މޮންމޫސޫގެ އިތުރުން އެހެނިހެން ގިނަ އެކުވެރިން އަހަރެންގެ އެނގުން ފުޅާކުރުމަށް އެހީ ދިނެވެ. އެންމެ ފަހުން، ޓުއާރސް ކޮންގްރެސުގައި، އެމީހުންނާއެކު އަހަރެން ވޯޓު ލީ ތިންވަނަ ޢުމަމިއްޔާތާ އެއްވުމަށް ތާޢީދުކޮށެވެ.

އެންމެ ފުރަތަމަ، ޝުޔޫޢިއްޔަތުގެ ބަދަލުގައި، ވަޠަނިއްޔަތުން، އަހަރެން ލެނިންއަށާ ތިންވަނަ ޢުމަމިއްޔާތަށް އިތުބާރުކުރަން މަގުދެއްކިއެވެ. ފިޔަވަޅަކުން ފިޔަވަޅަކަށް، ނިޟާލުގެ ތެރެއިން، މާކްސީ-ލެނިނިޒަމް ދަސްކުރަމުން އަމަލުވެރި ޙަރަކާތްތަކުގައި ބައިވެރިވުމުން، އަހަރެންނަށް ފެނުނު ހަޤީޤަތަކީ، ދުނިޔޭ ހުރިހާ ހިސާބުތަކުގައިވާ މަސައްކަތްތެރި މީސްމީހުންނާ މަޒްލޫމީ ޤައުމުތައް އަޅިވެތިކަމުން ތަޙްރީރުކުރެވޭނީ ހަމައެކަނި އިޝްތިރާކިއްޔަތާ ޝުޔޫޢިއްޔަތުން ކަމެވެ.

އަހަރުމެންގެ ޤައުމުގައި، ސީނުކަރައިގަވެސް، މުޢުޖިޒާތީ "ދަންނަ ބޭކަލުންގެ ފޮތެއް"ގެ ވާހަކައެއް އޮވެއެވެ. ބޮޑެތި އުނދަގޫތަކާ ކުރިމަތިލާ އިރު، އޭތި ހުޅުވާފަ ސަލާމަތްވާނެ ގޮތް ފެނެއެވެ. ލެނިނިޒަމަކީ ހަމައެކަނި މުޢުޖިޒާތީ "ދަންނަ ބޭކަލުންގެ ފޮތެއް" ނޫނެވެ؛ އެއީ ވިއެޓްނާމީ އިންޤިލާބީންނާ މީސްމީހުންނަށް ސަމުގާއެކެވެ: އޭގެ އިތުރުން އެއީ އެންމެ ފަހު ނަޞްރަށާ، އިޝްތިރާކިއްޔަތާ ޝުޔޫޢިއްޔަތަށް އަހަރުމެންގެ މަގު ރޯށަންކުރާ އަލިގަދަ ތަރިއެވެ.

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް